މާދަމާ ކުޅޭނެ ދަނގަޑޭ އެއް އުފެއްދޭނެ ގޮތެއް ހޯދަންޖެހެއެވެ
--------------------------
--------------------------
-------------------------

މީގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިއެވެ. ސަޕޯޓަރުން ދަނޑަށް ނުވަންނަ ވާހަކައެވެ. ޓީމުތަކުގެ މާލީ ހާލަތު ދަށްވާހަކައެވެ. ސަރުކާރުން ކުރިން ޓީމްތަކަށް ވަމުން އައި ފައިސާގެ އިތުރު އެހީތައް ދިނުން ހުއްޓާލާ ވާހަކައެވެ. ޓީމުތަކުގެ ވާދަވެރި ކުޅުމަށް ނޭދެވޭ އަސަރު ތަކެއް ކޮށް، ކުޅުމުގެ ފޯރި ކެނޑޭ ވާހަކައެވެ.
ދިވެހި ފުޓްބޯޅައާއި މެދު ތަފާތު ފާޑު ކިއުންތަކެއް ރައްދު ވެފައިވަނިކޮށް، މިހާރު އަނެއްކާވެސް މިވަނީ އެހުރިހާ ވާހަކަތަކާއި ކުލަވަރުތައް މުޅިން ހެން ބަދަލުވާން ފަށާފައެވެ. އާއެކެވެ. މީކީ މާޒީގެ އަނދިރިކަން ހަނދާން ކުރަންވީ ވަގުތެއް ނޫނެވެ. އެއްމެން އެކަތިގަނޑަކަށްވެ އުޖާލާ ކުރިމަގެއް ލިބޭތޯ ދުރާލާ ވިސްނާ އަމަލުކުރަން ފަށައިގަންނަންވީ ވަގުތެވެ
މާތް ﷲ އިރާދަކުރެއްވިޔާ މިފަހަރުވެސް މިސަރަހައްދުގެ ތަށި ބަހައްޓާނީ މި ފަސްގަނޑުގައެވެ. އެކަމަކު ކުރިމަގަށްޓަކައި ރަނގަޅު ރޭވުންތެރި ކަމެއް ބެނުންވެއެވެ. މިހާރަކު އިއްސެ (މެސީ) ، ސޮބާ، އަލީ އުމަރު، އޮއްޕޮ މެންފަދަ ދަރިންތަކެއް އުފެދިގެންދިޔަ ވާދަވެރި އިންޓަރ ސްކޫލް މުބާރާތެއް ނެތެވެ. މާދަމާ ކުޅޭނެ ދަނގަޑޭ އެއް އުފެއްދޭނެ ގޮތެއް ހޯދަންޖެހެއެވެ. މިއަދު މިދެކޭ ގައުމީ ޓީމުގެ ކުޅުންތެރިންނަކީ އިއްޔެގެ މަސައްކަތެވެ. މިއަދުގެ މަސައްކަތް ފެންނާނީ މާދަމާކަން ހަނދާން ކުރަން ވާނެއެވެ
އަޅުގަނޑުމެންގެ ޓީމުތަކައް ފައިސާ ވަންނާނެ އިތުރު ގޮތްތައް މިވަނީ ހޯދަން ޖެހިފައެވެ. ދިވެހި ފުޓްބޯޅަ އަކީ ހަމަ އެކަނި ގަލޮޅު ބޯޅަ ދަނޑުގައި ކުޅެވޭ ކުޅިވަރަކަށް ނުހަދައި، މުޅި ރާއްޖޭގެ ، އެއްމެންގެ ބައިވެރިވުން ލިބޭނެ ގޮތަކަށް މިހާރަށްވުރެ އިތުރަށް ހުޅުވާލެވިގެން ބޭއްވޭ ކުޅިވަރަކަށް މިވަނީ ހަދަން ޖެހިފައި ނޫންތޯއެވެ؟ މިއަށްވުރެ ފުޓް ބޯޅައިގައި ކުރިއަށް ދެވޭނީ، ރާއްޖެ ތެރެއިން މާލެ އަންނަ ޓީމުތަކަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއް ހަމަޖައްސައި ދެވިގެން ނޫންތޯއެވެ؟
މިއީ ދިވެހި ފުޓް ބޯޅަ ކުރިއަށް ގެނދިއުމަށް އަޅުގަނޑަށް ފެންނަ ޙިޔާލެކެވެ. ތިބޭފުޅުންގެ ޙިޔާލަކީ ކޮބަތޯއެވެ
Enjoyed reading? Share this






0 ޚިޔާލު:
Post a Comment