| އޫރު ރޯގާއަށް ދެވޭ ވެކްސިން ބައެއްފަރާތްތަކުން ރާއްޖެ އެތެރެކޮސް ބޭނުންކުރަމުން އެބަދޭ-ހެލްތްމިނިސްޓްރީ | 
|    |                
އޫރު ރޯގާއަށް ދެވޭ ވެކްސިން ބައެއް ފަރާތްތަކުން ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އޫރު ރޯގާއަށް ދެވޭ ވެކްސިން ޖަހަން ފަށާފައިވާ ޤައުމުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެކްސިން ޖެހޭނެ އަދި ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާތީ އެފަދަ ޤައުމެއްގައި ވެކްސިން ޖެހުމަކީ އެދެވިގެންވާކ ަމެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ކުރިން އެވެކްސިންގެ ކޮލިޓީ ޔަޤީންކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެޕްރޫވްކުރުމަށް ފަހުގައިކަމަށެވެ. އެހެންކަމުން މިގޮތަށް އަމިއްލައަށް ހޯދައިގެން ބޭނުންކުރާ ވެކްސިންގެ ކޮލިޓީއަށާއި، އެފަދަ ތަކެތި އުފުލާ ގެންގުޅުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރެވޭނެކަން ޔަޤީންކުރުމަށާ މިނޫން ހާލަތްތަކުގައި މިފަދަ ކޮންމެ އެއްޗެއްވެސް ބޭނުންކުރެވިއްޖެނަމަ ލިބިދާނެ ގެއްލުމަކަށް ސަމާލުވެތިބެ މިފަދަ ވެކްސިން ޖެހުމަށް ވިސްނުމަށް އެފަދަ ފަރާތްތަކަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އޫރު ރޯގާގެ ވެކްސިން ރާއްޖެއަށް އަވަހަށް ލިބޭނެގޮތްތައް އެކުވެރި ދައުލަތްތަކުގެ ސަރުކާރާއި ވާހަކަދައްކައިގެން ކުރިއަށްގެންދާކަމަށް އެފަރާތުން ވިދާޅުވެއެވެ.  | 
December 2, 2009
އޫރު ރޯގާއަށް ދެވޭ ވެކްސިން ބައެއްފަރާތްތަކުން ރާއްޖެ އެތެރެކޮސް ބޭނުންކުރަމުން އެބަދޭ-ހެލްތްމިނިސްޓްރީ
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment