| އައްޑު އަތޮޅުން އިއްޔެ ފެނުނު ކުޑަ މަސްބޯޓަކީ ހާލުގައިޖެހިފައިވާ ސޯމާލިއާގެ މަސްބޯޓެއް ކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއްޖެ  |                
                                      |                
                                    އައްޑު އަތޮޅުން އިއްޔެ ފެނުނު ކުޑަ މަސްބޯޓަކީ ހާލުގައިޖެހިފައިވާ ސޯމާލިއާގެ މަސްބޯޓެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ. އައްޑު އަތޮޅު ހިތަދޫ ކޯއްޓޭދިމާ އެއްމޭލު ބޭރުން ހަތްމީހުންނާއި އެކު ފެނިފައިވާ މިމަސްބޯޓް މިހާރުވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ. އަދި ބޯޓުގައި ތިބި މީޙުންވެސް ތިބީ ސަދަން އޭރިއާގެ ބެލުމުގެ ދަށުގައެވެ. މިބޯޓަކީ އަށާވީސް ފޫޓުދިގު ފައިބަރގްލާސް އަނގަމަތި ބޯޓެކެވެ. ބޯޓުގައި ގިނައަދަދަކަށް މިޔަރުމަހުން ލޮނުމަސްހަދާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ފުލުހުން ގުޅިގެންދަނީ މިމައްސަލަ ތަޙްޤީޤް ކުރަމުންނެވެ.  | 
Enjoyed reading? Share this
 
 
0 ޚިޔާލު:
Post a Comment