ރޭ ދަންވަރު ކޯޕަންހޭގަންގައި ބޭއްވުނު މޫސުމާބެހޭ މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ މުހިންމު ދައުރެއް އަދާކުރައްވައިފި 
                      އ.ދ.ގެ މޫސުމާ ބެހޭ ބައްދަލުވުމުން އެއްބަސްވުމެއް ގާއިމުކުރެވޭތޯ ޤައުމުތަކުން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތުގެ ދަށުން، މި ކަމުގައި އެންމެ މުހިންމު ދައުރެއް ކުޅެމުންދާ 23ހަކަށް ޤައުމުގެެ ވެރިން ރޭ ވަރަށް ދަންވަންދެން ކޯޕަންހޭގަންގެ ބެލާ ސެންޓަރުގައި ބޭއްވެވި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ކޯޕަންހޭގަންގެ ގަޑިން ރޭގެ 3 ޖަހާ އެހާކައިރަށް ދެމިގެން ދިޔަ މި މަޝްވަރާތަކުގައި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލާއި، ޔޫރަޕިއަން ކޮމިޝަނުގެ ރައީސާއި، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާއި ރަޝިޔާއާއި ޖަޕާނުގެ ވެރިންނާއި، އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަންގެ އިތުރުން، ޗައިނާއާއި އިންޑިއާއާއި ބްރެޒިލް ފަދަ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭ ބޭއްވުނު މި މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވީ ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތައް ރަމްޒުކޮށްދޭ މަފްހޫމުތަކުގައި ޤައުމުތައް ގެނބިގެން ދިޔުމުގެ ބަދަލުގައި، ހުރިހާ ޤައުމުތަކުގެ ސަލާމަތާއި ދެމިއޮތުމަށް އިސްކަންދީގެން ކޯޕަންހޭގަންއިން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރެއްވުމަށެވެ.
ރޭގެ މި މަޝްވަރާތަކުގެ ސަބަބުން އެއްބަސްވުމަށް އާދެވިދާނެކަމާމެދު ބައެއް ޤައުމުތަކުން ވަނީ އުންމީދު ފާޅުކޮށްފައެވެ

0 ޚިޔާލު:
Post a Comment