މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 6 ރަބަރު ޕެކެޓާއެކު ދެ މީހަކު ކ.ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފި

މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 6 ރަބަރު ޕެކެޓާއެކު ދެ މީހަކު ކ.ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. މިދެމީހުންނަކީ ކ.ހިންމަފުށި މެޑޯޒް ޢުމުރުން 30 އަހަރުގެ އިސްމާއިލް އިބްރާހިމް އާއި ގދ.ތިނަދޫ އަޅިވިލާގެ ޢުމުރުން 28 އަހަރުގެ އަޙްމަދު އަބްދުލް ޤާދިރު އެވެ. މިދެމީހުންގެ ތެރެއިން އިސްމާއިލް އިބްރާހިމް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ހިންމަފުށީގައި މީހަކު މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއެއްގައި އިއްޔެ ހަވީރު ގާތްގަނޑަކަށް 04:00 ހާއިރު އެވެ.
މީނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ޗެކްކުރިކުރުމުން މީނާގެ އަތުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި 5 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.
މީގެއިތުރުން ގދ.ތިނަދޫ އަޅިވިލާގެ ޢުމުރުން 28 އަހަރުގެ އަޙްމަދު އަބްދުލް ޤާދިރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކ.ހިންމަފުށީގައި މީހަކު މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ ގާތްގަނޑަކަށް 11:50 ހާއިރުއެވެ. މީނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ޗެކްކުރި ކުރުމުން މީނާގެ އަތުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި ދެ މައްސަލަ ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެންދަނީ ތަޙްޤީޤްކުރަމުންނެވެ.






0 ޚިޔާލު:
Post a Comment