ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބަޙުރެއިނަށް ވަޑައިގެންފި    
                      ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު ބަޙުރެއިނަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ބަޙުރެއިނުގެ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، ބަޙުރެއިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝައިޚް ޚާލިދު ބިން އަޙްމަދު އަލް ޚަލީފާއެވެ. ވައިގެ ބަނދަރުން ރައީސުލްޖުމްހޫރިއްޔާއަށް އޮނަރގާޑެއް އެރުވުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި ބަޙުރެއިނުގެ ބޮޑުވަޒީރުގެ ނައިބު އަދި ބަޙުރެއިނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ ޝައިޚް ޢަލީ ބިން ޚަލީފާ އަލް ޚަލީފާ ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިދަތުރުފުޅުގައި ގެންދެވި ދިވެހި ވަފްދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބަޙުރެއިނަށް މި ކުރައްވާ ދަތުރުފުޅުގައި، ބަޙުރެއިނުގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލްޚަލީފާއާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

0 ޚިޔާލު:
Post a Comment