[ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް]ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފި    
 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ [ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް]ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކުލަވާލައްވައިފިއެވެ. މިބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 2809 އާދަމް ޝަރީފް އަޙްމަދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މާވިނަ އަޙްމަދު ޢާޠިފާއި، މާފަންނު ވޭލްޝާކް މަސީޙު ޢިމާދާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ އެއްގަމުގޭ މުޚްތާރު ޙަސަނާއި، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ދަނބުރުއްދޮށުގޭ ޝަމްޢޫން ސަޢީދެވެ. 






0 ޚިޔާލު:
Post a Comment