މާފުށީޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ފިލައިގެން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

މާފުށީޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ފިލައިގެން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. އެމީހަކީ ހއ.މޮޅަދޫ ބަހާރުގެ ޢުމުރުން 37 އަހަރުގެ އަބްދުﷲ އަލިމަނިކު އެވެ. މީނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 3:45 ހާއިރު ކ.ތިލަފުށީގައި ހުއްޓައެވެ.
މީނާ ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2007 އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހު ސަލާމަތީބާރުތަކުން އއ.ހިމަންދޫގައި ހަރަކާތްތެރިވަމުން ދަނިކޮށް ހިނގި ކުރިމަތިލުމުގެ މައްސަލައެއްގައެވެ.
 މީގެއިތުރުން މީނާއަކީ ޑީ.ޕީ.އާރު.އެސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް 02 ފަހަރެއްގެ މަތިން ޖަލުން ފިލައިގެން އުޅެނިކޮށް ފުލުހުން ހޯދާ ޑީ.ޕީ.އާރު އެސް އާއި ހަވާލުކޮށްފައިވާ މީހެކެވެ. އަދި މީނާ އެންމެ ފަހުން ފިލާފައިވަނީ ގދ.ތިނަދޫގައި މީނާ ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް މިހުސްވި 2009 ޖޫން މަހުގެ 17 ވަނަ ދުވަހު ގދ.ތިނަދޫ އިން ބޯޓެއްގައި މީނާ ގޮވައިގެން މާލެ އަންނަނިކޮށް ވ.ފެލިދޫ އާއި ހިސާބުން ކަނޑަށް ފުންމާލައިގެންނެވެ






0 ޚިޔާލު:
Post a Comment