ސިނަމާލެ ފްލެޓް 3 ން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ޕެކެޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ސިނަމާލެ ފްލެޓް 3 ން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ޕެކެޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެ ފްލެޓްގައި ހުންނަ މޭވީޑް ޓެއިލާސް ކިޔާ ފަހާތަނެއްގެ ތެރެއިން އިއްޔެ ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު މި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 53 ރަބަރު ޕެކެޓާއި 44 ސެލޯފިންކޮޅެވެ.
މިތަކެތީގެ ތެރެއިން 44 ސެލޯފިން ކޮޅާއި 07 ރަބަރު ޕެކެޓް ފެނިފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން ސިނަމާލެ ފްލެޓް 03 ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް އެސަރަހައްދުގައި ހުރި މޭވީޑް ޓެއިލާސް ތެރެ ބަލާ ފާސްކުރިކުރުމުގައި އެތަނުގައި ހުރި ކުނޑި ފޮތިތަކެއްގެ ތެރެއިން އިއްޔެ ހަވީރު 6:00 ހާއިރު އެވެ. އަދި މީގެއިތުރުން އިއްޔެ ރޭ ގާތްގަނޑަކަށް 10:20 ހާއިރު ފުލުހުން އެސަރަހައްދު ބަލާ ފާސްކުރިކުރުމުގައި ހަމަ އެތަނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 46 ރަބަރު ޕެކެޓްވެސް ވަނީ ފެނިފައެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ގަލޮޅު ޕޮލިސް ސްޓޭޝަން ގުޅިގެންދަނީ ތަޙްޤީޤްކުރަމުންނެވެ.






0 ޚިޔާލު:
Post a Comment