ރިފްލެޑް ޗޮކްލެޓް އައިސްކްރީމް
ބޭނުންވާ ތަކެތި
60 މިލި ލީޓަރ ޗޮކްލެޓް ހޭޒެލްނަޓް ސްޕްރެޑް
450 މިލި ލީޓަރ ޑަބަލް ކްރީމް
1 މޭޒުމަތީ ސަމްސާ ޢައިސިން ޝުގަރ
50 ގްރާމް ޕްލޭން ޗޮކްލެޓް (ކޮށާފައި)
ހަދާނެ ގޮތް
ޗޮކްލެޓް ހޭޒެލްނަޓް ސްޕްރެޑް އާއި 75 މިލި ލީޓަރ ޑަބަލް ކްރީމް ރަގަޅަށް އެއްކުރަށްވާށެވެ. ބާކީހުރި ޑަބަލް ކްރީމް އެހެން ތައްޓަކަށް އަޅުއްވާ މީގެތެރެއަށް
އައިސިންޝުގަރ ފުރާނުއްވާށެވެ. މިތަކެތި ރަގަޅަށް ވިޕްކުރައްވާށެވެ. ވިޕް ވުމުން
ކުރިން އެއްކުރެއްވި ތަކެއްޗާއި ކޮށާފާހުރި ޗޮކްލެޓް މިއާއެއް ކުރައްވާށެވެ.
އެއްވުމުން ޕްލާސްޓިކް ތައްޓަކަށް މިތަކެތި އަލުއްވާ ގަނޑުކުރައްވާށެވެ.






0 ޚިޔާލު:
Post a Comment