| މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ހިނަވާގޭގެ މަސައްކަތް ނިމިއްޖެ |
|
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ހިނަވާގޭގެ މަސައްކަތް ނިމިއްޖެ. ހޮޅުދޫގައި ހިނަވާގެ އިމާރާތްކުރި ފަރާތުން ބުނީ ކަފުންކުރުމަށާއި ވަޅުކޮނުމަށް ބޭނުންވާ ތަކެތި ލިބުމުން ހޮޅުދޫ އޮފީހާއި އެތަން ހާވާލުކުރެވޭނެ ކަމުގައި. ހިނަވާތަނަކާއި ކަފުންކުރާ ތަނެއްގެ އިތުރުން މީހުންނަށް މަޑުކޮށްލެވޭތަނަކާއިއެކު ހެދި މިތަނުގެ މަސައްކަތް މިނިމުނީ މަސައްކަތް ފެށިތާ މަހެއްހާ ދުވަހުގެ ތެރޭގައި. ޖުމްލަ އެއްލައްކަ ފަސްދޮޅަސް ހާސްރުފިޔާ މިތަނަށް ހަރަދުވެފައިވާކަމަށް މިކަންކުރި ފަރާތުން ބުނޭ. ހޮޅުދޫ އޮފީހުންބުނީ ގޭގޭގައި މީހުން ހިނެވުމުގެ މަސައްކަތް ކުރަންޖެހޭތީ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެހެންކަމާއިއެކު މިއީ އެރަށަށް ވަރަށް މުހިއްމު ތަނެއްކަމަށް. |
Enjoyed reading? Share this
0 ޚިޔާލު:
Post a Comment