February 23, 2010

ފަރާޓާ

ފަރާޓާ

ބޭނުންވާތަކެތި


ބައިކިލޯފުއް


ބައިޖޯޑުމާޖިރިން


2 ބިސް (ގިރާފައި)


2 ސައިސަމުސާ އީސްޓް


1 މޭޒުމަތީސަމުސާހަކުރު


2 ފިޔާ (ކޮށާފައި)


1 މޭޒުމަތީސަމުސާހިކިކިރު


ތެޔޮފޮދެއް



ހަދާނެ ގޮތް


ފުރަތަމަ ފުށާއި އީސްޓް ކިރު ލޮނު ބިސް އަދި ހަކުރު އެއްކޮށްލުމަށްފަހު


މާޖިރިންއެއްކޮށްގެން ބޮރެޑް ކޮރަމްބަލްސްއަށް ވާގޮތަށް މޮޑެލައްވާށެވެ. ދެންތާފަނާފެން އެއްކޮށްގެން ފުށްގަޑު ދަމާލެވޭވަރަށް މޮޑެފައި ބާއްވަވާށެވެ. ދެންތަވާ އުދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއްއަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާލުމަށްފަހުފިޔާކޮޅުރަތްކޮށް ލައްވާށެވެ. (ރަގަޅުވާނީ ގިތެޔޮކޮޅެއްގައި ރަތްކުރިއްޔާ!)ދެންފުއްގަނޑު ކުދިކޮށް ގުޅަގުޅަ ކަނޑާލުމަށްފަހު ފުއްގުޅައެއް ނަގާފައި ދެމުނުހާތުނިކޮށް ދަމާލުމަށްފަހު ރަތްކޮށްފައި ހުރިތަނުންފިޔާ ސަމުސަލެއްހާ ފިޔާކޮޅެއްނަގާފައި ހާކާލުމަށްފަހު އިގިލިކުރިން ފުއްކޮޅެއް ނަގާފައި ބުރުވާލާށެވެ.ދެންމެދުންލޯވަޅެއް ހަދާލުމަށްފަހު ކެނޑެންދެން ދެފަރާތަށް އޮޅަމުންދާށެވެ. ދެންދެކޮޅުދެފަރާތަށް ވައްކޮށްއޮލުމަށްފަހު (އުޅާޅިއޮޅާފައިހުންނަގޮތަށް!)ގޮސްހުސްވީމާ އެއްބައިމައްޗަށް އަނެއްބައިލާފައި ތަށްކޮށްފައި އަނެއްފަހަރު ދަމާލާށެވެ. ތަންކޮޅެއްބޯކޮށް ދަމާލުމަށްފަހު ރޮށިފިހޭތަވާ ދޮންކޮށްގެން ފިހެފައި ނަގާފައި އެއްއަތްތިލަމަތީގައި ބާއްވާފައި އަނެއް އަތުންޖަހާފައި


ރޮށިލާއެއްޗަށްލާށެވެ. (އެހެންހެދުމުން ކުޑަކޮށް ފަށަލަތައް ނިއުޅޭގޮތްވާނެއެވެ!)



ޖުވޭރިޔާ ވަޖްދީގެ


ތަފާތުކާނާ 7ން ނަގާފައިވާ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino