February 23, 2010

އަންނަ މަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކޮށް ޤަވާއިދު އާންމުކޮށްފި

އަންނަ މަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކޮށް ޤަވާއިދު އާންމުކޮށްފި

.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ގިނަ ބަޔަކު ދެކޮޅުހަދަމުން ދަނިކޮށް، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދޭ ގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

.

މިއަދު އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރި މި ގަވާއިދު އެންމެ ފުރަތަމަ ނެރުނީ ހުސްވި އަހަރުގެ ނޮވެމްބަރު 9ގަ އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ރައްދުވާން ފެށުމުން، ނޮވެމްބަރު 14، 2009 ގައި އެ ގަވާއިދު ވެބްސައިޓުން ނަގައި އެއަށް އަމަލުކުރުން ފަސްކުރީ، ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަމަށް ބުނެ އެވެ. އެ ފަހަރު މި ގަވާއިދަށް އަމަލުކުރާން ނިންމާފައި އޮތީ ނޮވެމްބަރު 15، 2009 ން ފެށިގެންނެވެ.

.

ޤަވާއިދު ބުނާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހޮޓާތަކުގެ ތެރެއިން މަދުވެގެން 100 އެނދުގެ ހޮޓާތަކުގައި ހިންގާ ބާތަކުގައި ބަނގުރާ ވިއްކޭނެ އެވެ.

.

މި ޤަވާއިދުގެ ދަށުން ބައިނަލްއަގްވާމީ އެއާޕޯޓުތަކުގެ ޑިޕާޗާ ޓާމިނަލްގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކުރާ ބާތަކަށާއި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޕިކްނިކް އައިލެންޑްތަކާއި ޔޮޓްމެރީނާތަކުގައި ވެސް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއެވެ.

.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމާ ދެކޮޅަށް 80 އަށް ވުރެ ގިނަ ޖަމިއްޔާ، ޖަމާއަތްތަކުން ތެދުވެފައިވެ އެވެ. އަދި މިކަން ހުއްދަ ނުކުރުމަށް ގޮވާލައި 1000 މީހަކު ރައީސް ނަޝީދަށް ސިޓީ ހުށަހަޅާފައިވެ އެވެ. ނަމަވެސް ރައީސް ނަޝީދު މި ސިޓީތަކަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino