| އެހެންޤައުމުތަކަށް ހަމަލާދީފާ ސަލާމަތްވިގޮތަށް އީރާނަށް ހަމަލާދީފައި ސަލާމަތްވާނެކަމަށް ހީނުކުރުމަށް އީރާނުގެ ރައީސް އިންޒާރުކުރައްވައިފި | 
އެހެންޤައުމުތަކަށް ޙަމަލާދީފާ ސަލާމަތްވިގޮތަށް އީރާނަށް ޙަމަލާދީފައި ސަލާމަތްވާނެ ކަމަށް ހީނުކުރުމަށް އީރާނުގެ ރައީސް އަޙްމަދީ ނެޖާދް އިސްރާއީލަށް އިންޒާރު ކުރައްވައިފިއެވެ. އިސްރާއީލާ އަވަށްޓެރި ސޫރިޔާގައި ވާހަކަ ދައްކަވަމުން ނެޖާދް އިސްރާއީލަށް ގޮވާލެއްވީ ކުރިން ހެދި ގޯސްތައް އަލުން ތަކުރާރު ނުކުރުމަށެވެ. މިގޯސްތައް އަލުން ތަކުރާރުކޮށްފިނަމަ އިސްރާއީލުގެ އަޖަލު ޖެހިދާނެކަން ދަންނަންޖެހޭނެ ކަމަށްވެސް ނެޖާދް ވިދާޅުވިއެވެ. އިސްރާއީލު ގެންދަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށްބުނެ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ. އަދި އީރާން އިނދަޖައްސާލަފަދަ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޤައުމާ ދެކޮޅަށް އެޅުމަށް ދުނިޔޭގެ ތާޢީދު ހޯދުމަށްވެސް އިސްރާއީލު ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.  | 
February 26, 2010
އެހެންޤައުމުތަކަށް ހަމަލާދީފާ ސަލާމަތްވިގޮތަށް އީރާނަށް ހަމަލާދީފައި ސަލާމަތްވާނެކަމަށް ހީނުކުރުމަށް އީރާނުގެ ރައީސް އިންޒާރުކުރައްވައިފި
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment