March 9, 2010

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގެ ވިޔަފާރިއާއި އިންވެސްޓްމަންޓާއި ބޭންކިންގ ދާއިރާގެ ބައެއް އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގެ ވިޔަފާރިއާއި އިންވެސްޓްމަންޓާއި ބޭންކިންގ ދާއިރާގެ ބައެއް އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓާއި ބޭންކިންގ ދާއިރާގެ ބައެއް އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފއެވެ. މެންދުރުގެ ފަރިއްކޮޅަކާއެކު އޮތް މި ބައްދަލުކުރެއްވުމުގައި، ޖަރމަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ރީކޮންސްޓްރަކްޝަން ލޯން ކޯޕަރޭޝަނާއި، އަދި ސީނިއަރ އެކްސްޕަރޓް ސަރވިސަސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެ، މުޅި އޭޝިޔާގައިވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެގެންދިޔުމަށް ރާއްޖެއިން އެދޭކަން ހާމަކުރެއްވިއެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ސަރުކާރުން ބޭނުންފުޅުވަނީ، ވިޔަފާރީގެ ކަންތައްތަކުގައި ސަރުކާރުގެ ދައުރު ކުޑަކުރައްވައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަކިން ޚާއްޞަކޮށް، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއިން ލިބެންހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭގޮތުން އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ޖަރުމަނުވިލާތުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino