ޚުލާސާ ކުރުން
ޚުލާޞާ ކުރުމަކީ ލިޔުމެއް އޭގެ އަސްލު ނުގެއްލޭ ގޮތަށް ކުރުކޮށްލުމެވެ.
· ޚުލާސާކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
- މުހިއްމު ނުކުތާތައް ފުރިހަމައަށް ގެނައުން
- ނުކުތާތައް ގުޅުވައިލައިގެން އަމިއްލަ ޢިބާރާތުން ކުރުކޮށް ގެނައުން
· ޚުލާޞާގެ ނަމޫނާއެއް:
އުފެއްދުންތެރި ލިޔުންތެރިކަން
ކްރިއޭޓިވް ރައިޓިންގއަކީ ނުވަތަ އުފެއްދުންތެރި ލިޔުންތެރިކަމަކީ ކޮބައިތޯއެވެ؟ ކްރިއޭޓިވް ރައިޓިންގގެ މާނައަކީ ނެތުމުގެތެރެއިން ވުޖޫދަށް ގެނެސްފައި ވުމެވެ. ކްރިއޭޓިވް ރައިޓިންގ އެހެންވީމާ މާނަކުރަނީ އުފެއްދުންތެރި ލިޔުންތެރި ކަމަށެވެ.
އުފެއްދުންތެރި ލިޔުންތެރިކަމުގެ ތެރޭގައި ހިމެނެނީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލާއި ވިސްނުމަށް ގެނެސްގެން އަމިއްލައަށް އުފައްދާފައިވާ އަދަބީ ލިޔުންތަކެވެ. އޭގެ ތެރޭގައި ހިމެނޭ އެއްޗިއްސަކީ ޅެމާއި ލަވައެވެ. ޚިޔާލީ ވާހަކަތަކާއި ތަމްސީލެވެ. ތަމްސީލުގެ ތެރޭގައި އިސްޓޭޖް ތަމްސީލާއި، ރޭޑިއޯ ތަމްސީލާއި، ޓިވީ ތަމްސީލުވެސް ހިމެނެއެވެ.
ޖާނަލިޒަމާއި ސޯސިއޮލޮޖީއާއި މަޒުމޫނު ލިޔުމާ ޚިލާފަށް އުފެއްދުންތެރި ލިޔުމުގެ މޫތައް ގުޅިފައިވަނީ އިޙުސާސްތަކާއެވެ. އަހަރެމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތެރެއިން ތަޖުރިބާ މިކުރަނީ އަހަރެމެންގެ ޙިއްޞުތަކުގެ ޒަރިއްޔާއިންނެވެ. ޖަޒުބާތު ތަކުންނެވެ. ދިރިއުޅުމުގެ ޙިއްޞުތަކުން މިކުރާ އިޙުސާސްގެ ދިރުން އަދަބިއްޔާތުގެ ތެރެއިން ނެރެދެއްކުމަކީ އުފެއްދުންތެރި ލިޔުންތެރިކަމުގެ ވާޖިބެކެވެ. އެކަމަކު މިކަން އެކި ލިޔުންތެރިންކުރަނީ އެކިގޮތަށެވެ. އެހެންވީމާ އުފެއްދުންތެރި ލިޔުންތެރިކަމަކީ ދަސްކޮށްދޭ ހުނަރެއްނޫނެވެ. އަމިއްލައަށް ދަސްވާހުނަރެކެވެ.
މީގެ މާނައެއްކަމަށް ފެންނަނީ އެކިލިޔުންތެރިންގެ އުފެއްދުންތެރި ފިކުރު އެކިވަރަށް ހުރުމުން އުފައްދާ އެއްޗެއް އެއްގޮތް ނުވެދާނެތީ ތަންދިނުމެވެ. ކުރެހުންތެރިއެއްގެ ކުރެހުމުގައި ހުންނަ ސިފައާއި، ހިޔަންޏާއި، ކުލަތައް ހަމަ އެކުރެހުން ކުރަހާ އެހެން ކުރެހުންތެރިޔަކާ ތަފާތު ވެދާނެއެވެ.
އުފެއްދުންތެރި ލިޔުންތެރިކަމުގައި ލަފްޒުތައް އައުގޮތްގޮތަށް ބޭނުންކުރުމަކީ ކުރާކަމެކެވެ. މިއައުގޮތަށް ލިޔުންތެރިޔާގެ ސްޓައިލޭވެސް ކިޔައެވެ.
އުފެއްދުންތެރި ލިޔުންތެރިކަމުގައި ބޭނުންވަނީ ސާދާކޮށް އަމިއްލަ ގޮތަކަށް ލިޔުމެވެ. އެއްވެސް މީހެއްގެ ލިޔުމެއް ކޮޕީނުކޮށެވެ. ބުނަންބޭނުންވާ އެއްޗެއް ޞަރީޙަ ބަހުރުވައިން ސީދާކޮށްބުނުމެވެ. ދިގުލަފުޒުތައް ބޭނުން ނުކުރުން ރަގަޅު ވާނެއެވެ. އަދި ފަސޭހަ ތިލަބަހެއް އޮއްވައި އުނދަގޫ، ބޮޑު ލަފުޒެއް ބޭނުން ކުރުން ރަގަޅެއްނޫނެވެ. ނަންއިތުރުތަކާއި، ކަންއިތުރުތަކާއި، މެޓަފޯރއާއި، ސިމިލީ ގިނައިން ބޭނުން ކުރުން ރަގަޅެއް ނޫނެވެ.
ޚުލާސާ
ކްރިއޭޓިވް ރައިޓިންގއަކީ އުފެއްދުންތެރި ލިޔުންތެރިކަމެވެ. އުފެއްދުންތެރި ލިޔުންތެރިކަމުގެ ތެރޭގައި ހިމެނެނީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލާއި، ވިސްނުމަށް ގެނެސްގެން އަމިއްލައަށް އުފައްދާފައިވާ އަދަބީ ލިޔުންތަކެވެ. ޖާނަލިޒަމާއި، ސޯސިއޮލޮޖީއާއި، މަޒުމޫނުލިޔުމާ ޚިލާފަށް އުފެއްދުންތެރި ލިޔުމުގެ މޫތައް ގުޅިފައިވަނީ އިޙުސާސްތަކާއެވެ. ދިރިއުޅުމުގައި ކުރާ އިޙުސާސްތަކުގެ ދިރުން އަދަބިއްޔާތުގެތެރެއިން ނެރެ ދެއްކުމަކީ އުފެއްދުންތެރި ލިޔުންތެރިކަމުގެ ވާޖިބެކެވެ. އެހެންވީމާ އުފެއްދުންތެރި ލިޔުންތެރިކަމަކީ އަމިއްލައަށް ދަސްވާ ހުނަރެކެވެ. މީގެމާނައަކީ އެކި ލިޔުންތެރިންގެ އުފެއްދުންތެރި ފިކުރު އެކިވަރަށް ހުރުމުން އުފައްދާ އެއްޗެއް އެއްގޮތް ނުވެދާނެކަމެވެ. އުފެއްދުންތެރި ލިޔުންތެރިކަމުގައި ލަފްޒުތައް އައު ގޮތްގޮތަށް ބޭނުންކުރުމަކީ ކުރާކަމެކެވެ. މި އައުގޮތަށް ލިޔުންތެރިޔާގެ ސްޓައިލޭވެސް ކިޔައެވެ. އުފެއްދުންތެރި ލިޔުންތެރިކަމުގައި ބޭނުންވަނީ ސާދާކޮށް އަމިއްލަ ގޮތަކަށް ލިޔުމެވެ.






16 ޚިޔާލު:
ވަރަށް ރަނގަޅު
sehe
My Russian spies are watching you..
Smh my head
🤡
ބަރާބަރު
.
ދިސް ސަކްސް
ވަރަށް ބަރަބު🤔
🇲🇻
(ノಠ益ಠ)ノ▄︻̷̿┻̿═━一
__________=__
\\@([____]_____()
_/\|-[____]
/ /(( )
/____|'----'
\____/
_ __)\____________________________________/7_
(// ))))) `\||
/ ((((( )`
(______________________________________________/
\ ________ ______________________________/
) /#######/ )\ / )/
/ /##(\)##/ / \( //
/ /#######( (\______.ad`
/ /#########) )------``
/ /#########/ /
/ /###(/)###/ /
( (#########/ (
\____/_______\)
`
That dosent make any sense...(ಠ_ಠ)
Asluas
އޯކޭ
Post a Comment