March 14, 2010

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން އިސްނަގައިގެން ހިންގި ހަރަކާތުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ މަރުކަޒ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން އިސްނަގައިގެން ހިންގި ހަރަކާތުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ މަރުކަޒަށް ޙަވާލުކޮށްފި

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަންހެން ފުލުހުން އިސްނަގައިގެން ހިންގި ޚާއްސަ ޗެރިޓީ ފުޓްބަޅަ ޓޯރނަމެންޓުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށް ޙަވާލުކޮށްފިއެވެ.


މިކަމަށްޓަކައި ކުޑަކުދިންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިފައިސާއާއި ހަވާލުވެލެއްވީ މަރުކަޒުގެ ޕްރިންސިޕްލް އަޙްމަދު ޝަފީޤްއެވެ. މިފައިސާ ޙަވާލުކޮށްދެއްވީ މުބާރާތުގައި ބައިވެރިވި ހަތަރު އޮފީސް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި، އައިލެންޑް އޭވިއޭޝަން އަދި އިމިގްރޭޝަންގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވި އިސްމުވައްޒަފުންނެވެ.


މިފައިސާ ތެރޭގައި ހިމެނެނީ މުބާރާތުގެ ޓިކެޓް ވިއްކައިގެންނާއި ދަނޑުގައި ބެހެއްޓިފައިހުރި ފަންޑު ފޮށްޓަށް ލިބުނު ފައިސާގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބުނު ޖުމްލަ 22950.35 ރ (ބާވީސްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ތިރީސްފަސް ލާރި) އެވެ.


އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ފުލުހުންގެ އިތުރުން ބައިވެރިވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، އައިލެންޑް އޭވިއޭޝަން، އަދި ޑިޕާރޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަނުންނެވެ. މިމުބާރާތުގެ ފައިނަލް މެޗުގައި އިމިގްރޭޝަނާއި ޕޮލިސް ބައްދަލުކުރި މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަންއެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino