އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި އަންނަ އަންގާރަ ދުވަހު ވިއެޓްނާމްގެ ބިންޑޮންގ އެފްސީއާއި ވާދަކުރަން ޖެހޭ މެޗަށް ރާއްޖޭގެ ވިކްޓްރީ ފުރައިފިއެވެ. ވިއެޓްނާމްގައި ކުޅެން ޖެހޭ މިމެޗަށް ވިކްޓްރީ ފުރީ ރޭގެ ވަގުތެއްގައި. މިއަހަރުގެ މުބާރާތުގައި ވިކްޓްރީ ކުޅެން ޖެހޭ ދެވަނަ މެޗަށް ނިކުންނަ އިރު ވިކްޓްރީއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެއީ ފުރަތަމަ މެޗް މާލޭގައި ކުޅެ އިންޑޮނޭޝިޔާގެ ސްރީވިޖާޔާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައިވާތީ ލިބުނު ޕޮއިންޓެކެވެ.
ވިކްޓްރީ ހިމެނޭ ގްރޫޕްގެ ކޮންމެ ޓީމަކަށްވެސް ލިބިފައިވަނި އެއް ޕޮއިންޓެވެ. އެގްރޫޕްގައި ބިންޑޮންގ އެފްސީއާއި މެލޭޝިޔާގެ ސެލަންގޯ ވާދަކުރި މެޗްވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އަނެއް ޓީމްކަމަށްވާ ވީބީ މިމަހުގެ ސަތާރަވަނަ ދުވަހު މާލޭގައި ނިކުންނާނީ ހޮންކޮންގެ ސައުތް ޗައިނާއާ ދެކޮޅަށެވެ.
ވީބީއާއި ވާދަކުރުމަށް ރޭގެ ވަގުތެއްގައި ސައުތް ޗައިނާ ޓީމް ވަނީ މާލެ އައިސްފައެވެ. މެޗްގެ ޓިކެޓްވެސް ވީބީން މިހާރު ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން ވަޠަނިއްޔާގެ ޚިދުމަތް ދޭ ފިހާރަތަކުންނާއި، ވީބީގެ ފިހާރަތަކުންނާއި، އެފްއޭއެމްގެ އިމާރާތުގެ ތިރީގައި ހަދާފައިވާ ވީބީގެ ޖަގަހައަކުން ޓިކެޓް ލިބޭނޭކަމަށް ވީބީގެ މެނޭޖަރ އިބްރާހީމް ރަޝީދު މައުލޫމާތުދެއްވިއެވެ.






0 ޚިޔާލު:
Post a Comment