March 9, 2010

އަޅުގަޑުގެ ދިރިއުޅުން ބައްޓަން ކުރާނެގޮތް


އަޅުގަޑުގެ ދިރިއުޅުން ބައްޓަން ކުރާނެގޮތް
:
ލިޔުނީ: އައިސަތު ފިރާސާ ގަސްކަރަ ނ.ލަންދޫ ސުކޫލް ގުރޭޑް 8 ބީ

ޢަޅުނގަޑުގެ ދިރިއުޅުން ބައްޓަންކުރާ ގޮތް

ދުނިޔެއަކީ ވައްޓަފާޅިއެއްނެއް ބަޔަކު އުޅެން ވަރަށް އުދަގޫ ތަނެކެވެ. މީހުން ބުނެ އުޅެއެވެ. ލޯބިވެވޭނީ އެންމެ ފަހަރަކު އެންމެ މީހަކަދެކެއެވެ. ވީމާ އަޅުގަނޑުގެ ދިރިއުޅުން ވޭތިކުރަން ބޭނުންވަނީ ލޯބިވެރިޔާ އާއި އެކުގައެވެ. އާދައިގެ ދިރިއުޅުމެކެވެ. އެހާ މުއްސަދި ދިރިއުޅުމެއް ނޫނެވެ. ސަބަބަކީ އެހާ މުއްސަދި ދިރިއުޅުމެއްނަމަ ﷲގެ މަތިން ހަދާންނެތުމަކީ ވެދާނެ ކަމަމަކަށް ވާތީއެވެ. އަދި ގިނަފަހަރަށް ވެފައިވެސް ވާކަމެކެވެ.
އަޅުގަނޑުގެ ދިރިއުޅުން ބައްޓަން ކުރަންބޭނުންވަނީ އުފާވެރިކަމާއި ހިތްހަމަޖެހޭ އަދި އަވަށްޓެރިންގެ އަޅާލުމާއި އިހްތިރާމް ލިބޭ އެކަކު އަނެއްކަށް އޯގާތެރިވެއުޅޭ މާހައުލެއްގެ މައްޗަށެވެ. އަޅުގަޑުގެ ދިރިއުޅުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތަކީ އަމިއްލަ ގެދޮރުގަ އަދި ހޯދަން ބޭނުންވަނީ 4 ކުދިންނެވެ. އެހަތަރު ކުދިންނަށް ރަގަޅު ތަރުބިއްޔަތާ ތައުލީމެއް ހާސިލްކޮށްދިނުމަކީ އަޅުގަޑުގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްމަގުސަދު ކަމުގައި ދެކެމެވެ.
ހަގީގަތުގައިވެސް މީހެއްގެ ދިރިއުޅުމުގައި ނުވަތަ ދެމަފިރިރއެއްގެ ދިރިއުޅުމުގައި އެންމެ މުހިއްމު މަގުސަދަކަށް ވާންވާނީ ރަގަޅު ތަރުބިއްޔަތަކާއި ތައުލީމެއް އެމީހުންގެ ދަރިންނަށް ހޯދައިދިނުމެވެ. މިގޮތައް ކަނަތައް ކުރުމަކީ އަޅުގަޑުވެސް ދިރިއުޅުމާއި ދޭތެރޭ ކުރާފޮނިއުންމީދެކެވެ. ކޮންމެ މީހަކުވެސް ދިރިއުޅުމެއްފަށާއިރު ވަރަށް ފޮނި އުންމީދެއްކުރާނެއެވެ. އެ އުންމީދުތައް ހާސިލްވާ ދުވަހަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތުގައި ދެކެންބޭނުންވާނެ ދުވަހެކެވެ. ވީމާ އަޅުގަޑަށް ލިބޭދަރިން ތަރުބިއްޔަތަކާއި ތައުލީމެއް ލިބިގެން ބޮޑުވާދުވަހަކީ އަޅުގަޑުވެސް ހަޔާތުގައި ކުރާ އުންމީދުތައް ހާސިލްވާނެ ދުވަހެވެ. އެފަދަ ދުވަހަކީ ހަމަގައިމުވެސް މަރުވުމުގެ ކުރިން އަޅުގަޑުގެ ހަޔާތުގައި ދެކެންބޭނުންވާ ދުވަހެކެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino