September 3, 2009

ލަންދޫޒުވާނުންގެ ޖަމްއިއްޔާއަށް މިހާރު އެއްވެސް ފުރުޞަތެއް ނެތްކަމަށާއި، އެ ޖަމްޢިއްޔާ އުވާލި ވާހަކަ ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމުގައި މިނި

ލަންދޫޒުވާނުންގެ ޖަމްއިއްޔާއަށް މިހާރު އެއްވެސް ފުރުޞަތެއް ނެތްކަމަށާއި، އެ ޖަމްޢިއްޔާ އުވާލި ވާހަކަ ވަރަށް އަވަހަށް ޢާއްމުކޮށް އިޢުލާން ކުރައްވާނެ ކަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން މިއަދު ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީ ން މިހެން ވިދާޅުވީ އެ ޖަމްޢިއްޔާ އަށް ނިސްބަތްވާ ގޮތުން ރަށުތެރޭގައި ފެތުރެމުން ދާ ވާހަކަ ތަކެއްގެ ދޮގު ތެދު ބެލުމުގެ ގޮތުން ލަންދޫ އިންފޯގެ ފަރާތުން އެމިނިސްޓްރީއަށް ފޯނުން ގުޅާލުމުންނެވެ.
WRITE THE PART OF THE POST YOU WANT TO HIDE HERE
މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޖަމްޢިއްޔާ ތަކާބެހޭބައިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ ލަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އުވާލާގޮތަށް އެނިންމެވީ މިހުސްވިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ހިންގަވާ ޤަވާޢިދު އިސްލާޙްކޮށް އެ މިނިސްޓްރީއަށް ހުށަހެޅުމަށް ކުރެއްވި އިޢުލާނާއި އެއްގޮތަށް އެޖަމްޢިއްޔާއިން ޢަމަލު ކޮށްފާ ނުވާތީ ކަމުގައެވެ.

އިތުރަށް ވާހަކަ ދައްވަމުން އެބޭފުޅާ ވިދާޅުވީ ހިންގާ ޤަޥާޢިދު އިސްލާހް ކުރުމަށް ފަހު ހުށަނާޅަނީއަކީ ހަމަ އެކަނި ލަންދޫޒުވާނުން ގެ ޖަމްޢިއްޔާ ނޫންކަމަށާއި ވަރަށް ގިނަ ޖަމްޢިއްޔާ ތަކުން އެކަން އެގޮތަށް ކޮށްފާ ނުވާކަމަށެވެ. އެހެން ކަމުން އެފަދަ ހުރިހާ ޖަމްޢިއްޔާތަކެއް މިބޮޑީގައި އުވާލެވޭނެކަމަށެވެ.

މީގެ ދެތިން ހަތަރު އަހަރެއް ކުރިން ލަންދޫ ޒުވާނުންގެ ޖަމްޢިއްޔާއަކީ އަތޮޅުގައި ނަންމަޝްހޫރު ޖަމްއިއްޔާއެއްކަމުގައި ވިޔަސް މިފަހަކަށް އައިސް އެޖަމްޢިއްޔާގެ ތެރޭގައި މައްސަލަ ތަކެއް އުފެދި އެއްވެސް ޙަރަކާތެއް ނުހިންގާ ތާ ދުވަސްތަކެއް ވެފައިވާ ޖަމްޢިއްޔާއެކެވެ.

ދެފަހަރެއްގެ މަތިން ޒޯން ޗެމްޕިއަނުންގެ ގޮތުގައި މާލެ ގޮސް ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގައި ކުޅެފައިވާ ލަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އުވާލުމުން ދެން ލަންދޫގައި އޮންނާނީ ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އެކަންޏެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino