November 18, 2009

އެކަނި ވެރިއަންހެނާ

އެކަނި ވެރިއަންހެނާ

ރޯޒީ

އަންހެނަކު އެކަނިވެރިވާނީ ކިހިނެއްތޯ އެވެ؟. ފުރަތަމަ އޭނާ އުފަންވަނީ އޭނާގެ މަންމަގެ ބެލުމުގެ ދަށަށެވެ. ދެން ބައްޕައެވެ. ދެން ބޭބެ މެންނެވެ. ދެން ފިރިމީހާ އެވެ. ދެން ދަރިންނެވެ.
މައެއްގެ އޯގާތެރި ހިޔަލަކީ ކޮންމެ ދަރިޔަކަށް ﷲ ނަސީބު ކުރައްވާފައިވާ އެއްޗެކެވެ.
ނުހާ ވެސްއުފަންވީ އެކަހަލަ މައެއްގެ އުނގުތެރެޔަށެވެ. ތެދެކެވެ. އޭނާޔަށް އޭނާގެ މަންމަ ގެ ލޯބީގެ އަގުމާތް ޙަޒާނާ މިލްކުވިއެވެ. އެހެނަސް ކުޑަދުވަސް ކޮޅަކަށެވެ.
ކެންސަރު ބަލީގައި އޭނާގެ މަންމަ އޭނާޔާ ވަކިވެ ދިޔައީ އިންތިހާޔަށް އޭނާގެ މަންމަ ގެ ލޯތްބަށް އޭނާ ފެންބޮވައިގެންފައި ހުއްޓައެވެ.
މިއަދު އޭނާޔަށް ސޯޅައަހަރުވެއްޖެއެވެ. ކުޑައިރު މަންމަ ގެ އަތުގައި ހިފައިގެން އޭނާ ފިޔަވަޅު އަޅަން ދަސްކުރިއެވެ. މަންމަގެ ދުލުން ބަސްމޮށުން ތެރިކަން އޭނާ އުގެނުނެވެ.މަންމަގެ ލޮލުން ބަލައިގެން އޭނާ ދުނިޔޭގައިވާ ތަފާތު ކުލަތައް ދަސްކުރިއެވެ.
ދުނިޔޭގެ މިބަގީޗާގައި އެއްވެސް ހިޔާލެއްފިކުރެއްނެތި އޭނާ އުދުހިފައި އުޅުނެވެ. އެއްޔަގީން ކަމާ އެކުގައެވެ. މަންމަ ގެ އެހީތެރިކަމުގެ ހިޔަލުގައި ފޮރުވިލެވޭނެ ކަމުގެ ޔަގީންކަމެވެ. ހިޔާ އެޅިފައިވާ ވިލާ ގަޑެއްފަދައިން މަންމަގެ ލޯބީގެ ހިޔާ އޭނަޔަށް ލިބޭނެ ކަމުގެ އުއްމީދު އަބަދުވެސް އޭނާގެ އޮތެވެ. އެހެނަސް މިއަދު އޭނާގެއެ އުއްމީދާ އެޔަގީންކަން ވެއްޔާ މޮޑެވިއްޖެއެވެ. ﷲ ގެ ހަޒުރަތުން މަންމަ ޔަށް މިލްކުވެފައިވާ ދުވަސް ހަމަވީއެވެ. މަންމަ ދާން ޖެހުނީއެވެ. މަންމަ އެދިގެނެއް ބޭނުންވެގެންވެސް ނޫނެވެ.އެންމެންގެ ލޮލޮން ލޭކަރުނަ އޮހޮރުވާލާފައެވެ.އެކަނިވެރިކަމުގެ ސާލެއް އޭނާޔަށް ދީފައެވެ. އެއީ ތަގުދީރެވެ. ދެން މިއަދު އޭނާ ހިފާނީ ކާކުގެ އަތުގައި ހެއްޔެވެ؟ ދެން އޭނާ ބަސްމޮށުންތެރިކަން ދަސްކުރާނީ ކާކުގެ ބަހުރުވަޔަކުން ހެއްޔެވެ؟
ނުހާ ފުން ނޭވާޔެއްލިއެވެ. އޭނާގެ ބޮލުގައި މީހަކު ފިރުމާލިހެން ހީވެގެން ނެވެ. އޭނާ އިސްއުފުލާ ބަލާލިއެވެ. އެވަގުތު އޭނާގެ އަތުގައި ހިފަން އަތްދިއްކުރީ އޭނާގެ ބައްޕަ އެވެ. ބައްޕަ އޭނާޔަށް ކުޅޭ އެއްޗެތި ހޯދާދިނެވެ. ރީތި ގަހަނާޔާ ކާނެ މީރު އެއްޗެތި ބައްޕަ އޭނާޔަށް ހޯދާދިނެވެ. އެހެނަސް އެލޯބީގެ ޖަޒުބާތަކުން އޭނާގެ ހިތެއް ހަމައެއްނުޖެހުނެވެ.އޭނާގެ ލޯ އަބަދުވެސް ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. ހުއްޓުމެއް ވަރުބަލިވުމެއްނެތިއެވެ. އެހެނަސް ކޯޗެއް ހެއްޔެވެ. ޙުދު ނުހާ ޔަށްވެސް އެއްޗެއްނޭގުނެވެ. އަބަދުވެސް ވަރުބަލިވުމެއްނެތި އެލޮލާއި ހިތް ކޮންމެވެސް މުއުޖިޒާތަކަށް އެދެމުން ދިޔައެވެ.
ނުހާޔަށް 20 އަހަރު ފުރުނީއެވެ. ބޮޑު ހަފްލާޔަކާ އެކު ނުހާގެ ކައިވެނި މަދީހު އާއި ކުރެވުނެވެ. ފުރަތަމަ ދުވަސް ކޮޅު މަދީހު ނުހާޔަށް އަޅާލާ ކަންތައް ކޮއްދިނީ އެއްވެސް ޝަކުވާ އެއްކުރާނެ ފުރުސަތެއް ނުމެދީއެވެ.
ނުހާޔަށްވެސް މަންމަ ގެ ހަދާންތަކުން ލިބެމުން ދިޔަ ވޭން ކުޑަވިއެވެ. ހުރިހާވަގުތުތަށް މަދީހު އާއެކު ފުރާލީ ހިތާމައިގެ ވިލާގަޑެއްފަރުދާގެ ފުރަގަހުގައި އެބައޮތްކަން ނުމެއެގޭހާލުއެވެ. ކައިވެންޏަށް އަހަރަކަށް ފަހު މަދީހު ބަދަލުވިއެވެ. އެހެންއަންހެނެއްގެ ކަންހުޅީގެ އަސީރަކަށެވެ. ނުހާ އަނެއްކާވެސް ބާކީވީއެވެ. މިފަހަރު ބައްޕަވެސް ނެތެވެ. ދޮންމަންމަ ޔާއެކު ބައްޕަވީ ދުރު ހިސާބަކަށް ބަދަލުވެފައެވެ.
ނުހާ މިއަދު ކިތަންމެ ރުޔަސް ކަރުނަ ފޮހެލަދޭން އަންނާނެ މީހަކު ނުވާނެއެވެ. ގޭގެ ހަތަރު ފާރުތަކަށް މެނުވީ އޭނާގެ ކަރުނަ އެއްނުވެސް ފެންނާނެއެވެ. ކުއްލިއަކަށް ބޯއަނބުރައިގަންނަ ކަހަލަ ގޮތެއްވެފަ ނުހާޔަށް ހޮޑުލެވުނެވެ. އޭނާގެ ވިންދު މާބާރަށް ތެޅެން ފެށިއެވެ. އޭނާ މަޑުމަޑުން އޮށޯތެވެ. އަނެއްކާވެސް ހޮޑުލެވުނެވެ. އަވަހަށް އޭނާ ސެންޓަރަށް ދިޔައެވެ. ސެންޓަރު ދިން ޙަބަރުން ނުހާ އުފަލުން ތެޅިގަތެވެ. އޭނާގެ އެކަނިވެރިކަން ﷲ ފިއެލެވީއެވެ. އާނއެކެވެ. އޭނާ މަންމަޔަކަށް ވަނީއެވެ. ދެން އޭނާ އެކަނިވެރި ނުވާނެއެވެ. އޭނާ ދެން ރޮއިފީޔާ ކަރުނަ ފޮހެދޭނެ ތުއްތު އަތެއްއިސާހިތަކު އޭނާޔަށް ލިބިދާނެއެވެ. ﷲ އަށް ޝުކުރު ކުރުމަށްފަހު އޭނާ ސެންޓަރުން ނިކުތީ އާހިތްވަރަކާ އެކު ދުނިޔެއާއި ކުރިމަތިލާށެވެ. އަޒުމަކާއެކުގައެވެ. އޭނާ މަޑުމަޑުން އޭނާގެ ފިރިމީހާގެ ގޭގެ ދޮރު ހުޅުވާލިއެވެ. މަދީހު ވެސް ކޮންމެވެސް ތަނަކަށް ދާން ނިކުތްވަގުތެވެ. ރީތި ކަމާ ފަރިކަމުގެ ނުހާ ފެނުމާއެކެ ހުއްޓުން އަރާފަ މަދީހު ބުނާނެ އެއްޗެއްނޭގިފައި ހުއްޓެވެ. ނުހާ އުފާވެރި ޙަބަރު މަދީހު އަށް ދިނެވެ. މަދީހު އުފަލުން ނުހާ އުރާލިއެވެ. އޭނާގެ މުޅި ކާއިނާތު ބަދަލު ވިއެވެ. ﷲ އަށް ޝުކުރު އަދާކުރިއެވެ.އޭނާ ނުހާގެ ކިބައިން މާފަށް އެދުނެވެ. ދެއަތްޖޯޑު ކުރުމަށް ފަހުއެވެ. ނުހާ ހެޔޮ ހިތުން މަދީހު އަށް މާފު ކުރިއެވެ.
މިއަދު ނުހާގެ އާއިލާ ފުރިހަމަ ވީއެވެ. ތުއްތު އަންހެންދަރިފުޅު ނިޝްޔާ އާއި މަދީހު އާއި އޭނާ އެވެ. މަދީހު އަށް ބުނެވުނީ” މިއީ ކިހާ އުފާވެރި ނިމުމެއް ހެއްޔެވެ؟” އެހެނަސް ނުހާޔަށް ބުނެވުނީ”މިއީ ކިހާއުފާވެރި ފެށުމެއް ހެއްޔެވެ؟” ހިނިތުން ވުމާއެކު އެކަނިވެރިއަންހެނާ ގިނަބައިވެރިންތަކެއް ލިބުނީއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino