ރައީސުލްޖުމްހޫރިއްޔާ، "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" ސަޢޫދީ ޕްރިންސް އަލްވަލީދަށް މިއަދު އަރުވައިފި 
                      ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" ސަޢޫދީ ޕްރިންސް އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް ޕްރިންސް ވަލީދަށް މިއެރުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީ ހިނދު، ޕްރިންސް އަލްވަލީދު، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، އަދި އިސްލާމްދީނުގެ ތަޞައްވުރު ރަނގަޅު ކުރެއްވުމަށާއި، ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާ ކުރެއްވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށާއި ޚިދްމަތްތަކަށްޓަކައެވެ.
ޕްރިންސް އަލްވަލީދަށް މި ނިޝާން އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު 11 ޖެހިއިރު މުލީއާގޭގައެވެ. މިރަސްމިއްޔާތަށް ޕްރިންސް ވަލީދު މުލީއާގެއަށް ވަޑައިގަތީ ހަތްކޮޅު ދަށުގައި ރަސްމީ ޢިއްޒަތުގައެވެ.
ޕްރިންސް އަލްވަލީދާއި، އަމީރާ މިރަސްމިއްޔާތަށް މުލީއާގެއަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމެވެ. ޕްރިންސް އަލްވަލީދަށް މުލީއާގެއިން އޮނަރގާޑެއް އެރުވުނެވެ.
ޕްރިންސް އަލްވަލީދަށް މި ޢިއްޒަތް އެރުއްވުމުގެ ކުރިން، މި ޢިއްޒަތް އެރުއްވުމަށް ނިންމެވި ސަބަބު ބަޔާންކުރައްވާފައިވާ ސައިޓޭޝަން، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު އިއްވަވައި ދެއްވިއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މީގެ ކުރިން 15 ބޭފުޅަކަށް ލިބިވަޑައިގެންފައިވެއެވެ. 15 މާޗް 1972ގައި މި ޢިއްޒަތް ރައީސް އިބްރާހީމް ނާޞިރު، ޑިއުކް އޮފް އެޑިމްބަރާއަށާއި، އާރލް މައުންޓް ބެޓްންއަށް އަރުވާފައިވެއެވެ. އަދި 30 އޮކްޓޯބަރ 1984ގައި މި ޢިއްޒަތް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ދެކުނު ކޮރެއާގެ އޭރުގެ ރައީސް ޗުންޑޫ ހުވާނަށާއި، 16 ނޮވެމްބަރ 1989ގައި މި ޢިއްޒަތް ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ސަރ ޝްރީދަތު ރާމްފާލަށް އަރުވާފައިވެއެވެ. އަދި 10 ނޮވެމްބަރ 2008ގައި މި ޢިއްޒަތް އިތުރު 11 ބޭފުޅަކަށްވެސް އަރުވާފައިވެއެވެ. އެބޭފުޅުންނަކީ އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އަލްފާޟިލް ޢަލީ ޢުމަރު މަނިކު، އަލްފާޟިލް ޢުމަރު ޒާހިރު، އަލްފާޟިލް ޢަބްދުﷲ ޖަމީލު، އަލްފާޟިލް އިލްޔާސް އިބްރާހީމް، އަލްފާޟިލް އިސްމާޢީލް ޝަފީޢު، އަލްފާޟިލް އަޙްމަދު ޒާހިރު، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން އަދި ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމެވެ.

0 ޚިޔާލު:
Post a Comment