06 ޑިސެމްބަރ 2009
               މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސެކްޝަން ތަކުގެ ވެރިންނަށް "ހަކަތައިގެ ބުރު” މި ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ. އެސްކިޑްގެ ކޮންފަރެންސް ހޯލްގައި 5 ޑިސެމްބަރ 2009 ވީ ހޮނިހިރު ދުވަހު ހެދުނު 0830 އިން ފެށިގެން 1430 އަށް ބޭއްވުނު މި މަސައްކަތު ބައްދަލުވުމުގައި ހުރިހާ ފަރާތެއްގެ ޚިޔާލު ފާޅުކުރެވި ވަރަށް އެކުވެރި މާހައުލެއްގައި މަސައްކަތް ކުރިއަށް ދިޔައެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤޞަދަކީ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތައް މިނިސްޓްރީގެ ސްޓްރެޓަޖިކް ޕްލޭނަށް އަހުލުވެރިކުރުވާ އަދި ކޮންމެ ސެކްޝަނަކުންވެސް އެ ސްޓްރެޓަޖީ އާއި އެއްގޮތަށް އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ.
މި ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ 2010 ވަނަ އަހަރު ބޭނުންކުރާނެ މިނިސްޓްރީގެ ޝިޢާރެއް ކަނޑައެޅުމެވެ. މި ގޮތުން ކަނޑައެޅުނު ޝިއާރަކީ "އެކުގައި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދާނަމެވެ."
އިއްޔެގެ މި ބައްދަލުވުން ވިލަރެސް ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ އެވެ

0 ޚިޔާލު:
Post a Comment