ރައީސުލްޖުމްހޫރިއްޔާ، މިޝަން މޯލްޑިވްސްގެ މުއައްސިސުންނާ މިއަދު ބައްދަލުކުރައްވައިފި    
                ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިޝަން މޯލްޑިވްސްގެ ތިން މުއައްސިސުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިޝަން މޯލްޑިވްސްއަކީ، ރާއްޖެއަށް ބޭނުންވާ ވޮލަންޓިއަރުން ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގެ ތިން ބޭފުޅަކުން އިސްނަންގަވައިގެން އުފައްދަވާފައިވާ އަމިއްލަ ޖަމާޢަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިބޭފުޅުންގެ މަސައްކަތަށް މަރުޙަބާ ވިދާޅުވެ ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ތަރައްޤީގައި ވޮލަންޓިއަރުންގެ ދައުރު ފުޅާ ކުރައްވައި ކުރިއެރުއްވުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

0 ޚިޔާލު:
Post a Comment