ލަންދޫ ސުކޫލް
ނ. ލަންދޫ
ޔުނިޓް ޓެސްޓް 4
ގުރޭޑް 10
ތިރީގައިވާ ރައިވަރުގެ ވަކިބަސް ބަހުގެ މާނަ ލިޔާށެވެ!
ރޭގަނޑުން ބައެއްގާ
ގޭމަ ކިއްލާ ފިޔެ ފަޅާ
ނޭނގި ހުރެތުގަ ސިއްރިޔާ
ހޭލާ ތިބެނިކޮށް ވަށާ
ބޭރުގައި ތިބެ މާކުރީން
ފޭރޭ ޒާތު ޗޯރީން
ތިރީގައިވާ ރައިވަރުގެ ޖުމްލަ މާނަ ލިޔާށެވެ!
ރޭތެ ބަލިތަކު ހިނގާ
ބޭހާއި ފަރުވާތަކާ
ދޭހަކޮށް ދިނަކަސް ކިޔާ
މޭރުން ސަފުން ނުވަންޏާ
ތޭނެ ބަލަ މަބު ބަހެއް ނާނެ
ހޭ ކަމުދާން އޮންނާނެ
ތިރީގައިވާ ރައިވަރުގެ މާނަ ލިޔާށެވެ!
ވެޔޮ ދޮށަށް ކަހަނބުހެން
ކެޔޮޅުކަމު ދާ ކަތަކުހެން
އެއުރެންގެ ބަސް އަހައިގެން
ހެޔޮ މަށަށް ނަޔަކަސް ދެނެއް
ތެޔޮފެނަށް ލާ ނަގާހެން
ކެޔޮ ގަހު އާރުލާހެން
ތިރީގައިވާ ރައިވަރުގެ ޖުމްލަ މާނަ ލިޔާށެވެ!
ކެއްތެރިވެއްޖެ އަޅަކު
ނެއްޓި ނުމެ ސަކު ހިތުގެ މަކު
ރެއް ސަފުން ނުމެ ދަތަސް އަކު
ގެއް ތެދުމަ ލިބިދިޔަ ހިނދަކު
މެއް ބޮޑުވެ ނޭނުދާ ގެންކަ
ހެއްދެވި ލާނގެ ދެނެގެން ކަ
ތިރީގައިވާ ރައިވަރުގެ ޖުމްލަ މާނަ ލިޔާށެވެ!
ހުންނަ ވަރު މިކަމުގާ
ތުން ކަ އަހަމޭ ތީ ބުނާ
ފުން ސަ ކަޅުއޮށު މަތީގާ
ހުންނަ ފަނިހަނދި ބޮޑުވެފާ
ދުން އަމު އެސޮރު ފަހައިގެންފަ
ހުން ދާނީ ކައިގެންފަ
ތިރީގައިވާ ރައިވަރުގެ ޖުމްލަ މާނަ ލިޔާށެވެ!
އޭ ބަލަގަ ގުނބޯލާ
ށޭ ނަށާނެންޏާ ނަށާ
އޭނަ އެބުނާ ހަކުރަކާ
ދޭނޭނު އާހެއް ލިބާ
ގޭނި މޮއްތައް ފާރުވިޔަސް
ހޭ ދުނިޔޭގެ ބަލިވިޔަސް






0 ޚިޔާލު:
Post a Comment